Last Updated: April 25, 11:51
Thursday, April 25, 2024
ޚަބަރު

ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ފޮޓޯ: އެމްއެންޑީއެފް

ކުޑަކުދިންގެ ހިޔާގައި އަލިފާޏުގެ ހާދިސާއެއް ހިިނގާ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ، ކުޑަކުދިންގެ ހިޔާގެ ހަތަރު ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު މިއަދު ހެނދުނު 06:03 ހާއިރު އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަންއަށް ލިބުމާއެކު ވިލިމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރި ވެފައިވާކަމަށެވެ.

ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން 06:10 ގައި ކޮންޓްރޯލް ކުރެވިފައިވާއިރު އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ މިއަދު ހެނދުނު 07:20 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މިއަލިފާނުގެ ހާދިސާގައި މީހަކަށް ގެއްލުމެއް ވެފައިނުވާއިރު އަލިފާން ރޯވި ކޮޓަރިއަށް އެކިވަރުގެ ގެއްލުން ވެފައިވެއެވެ.

މި ހާދިސާ ފުލުހުން އިތުރަށް ބަލަމުން އަންނަކަން ހާމަކޮށްފައިވެއެވެ. މި ފަހުން އެކި ފަހަރު މަތިން ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާތައް އަންނަނީ ހިނގަމުންނެވެ.