Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

މޮނިޓަރިންގެ ހާލަތުގައި 11 ރަށެއް

ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ - ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް-19 އާ ގުޅިގެން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ރާއްޖޭގެ 11 ރަށެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިއަދު ހެނދުނު 10:30 އާ ހަމައަށް މޮނިޓަރިންގައި އޮތީ 11 ރަށެއްކަމަށެވެ.

އެރަށްތަކަކީ ފުވައްމުލައްސިޓީ، އއ. ތޮއްޑޫ، ރ. ދުވާފަރު، ގއ. ކޫއްޑޫ، ށ. ފޯކައިދޫ، ގދ. ނަޑެއްލާ، ކ. ކާށިދޫ، އއ. ރަސްދޫ، ކުޅުދުއްފުށިސިޓީ، ހއ. ދިއްދޫ އަދި މ. ކޮޅުފުއްޓެވެ.

މި ރަށްތަކުގެ ތެރެެއިން މޮނިޓަރިންގައި އޮންނަތާ އެންމެ ގިނަ ދުވަސްވެފައިވަނި ފުވައްމުލައްސިޓީއެވެ. ފުވައްމުލައް މޮނިޓަރިންއަށް ލާފައިވަނީ މޭ 6 ވަނަ ދުވަހުއެވެ. އަދި އެންމެފަހުން މޮނިޓަރިންއަށް ލާފައިވަނީ ކޮޅުފުއްޓެވެ. އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ މިއަދުއެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 77،094 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2527 ކަމަށްވާއިރު އޭގެތެރެއިން 14 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލިން 74،335 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި 220 މީހަކު ވަނީ ނިޔާވެފައެވެ.