Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

މާލެއަށް މީޓަރ ޕާކިން ސިސްޓަމް ތައާރަފްކުރަނީ

ފޮޓޯ: ވަން އޮންލައިން

މާލެސިޓީއަށް މީޓަރ ޕާކިން ސިސްޓަމް ތައާރަފް ކުރުމަށް ނިންމައިފިއެވެ.

މާލެސިޓީ ކައުންސިލުން ކުރި އިރުލާނެއްގައި ބުނެފައިވަނީ މާލެއަށް ތައާރަފްކުރާ މީޓަރ ޕާކިންގ ސިސްޓަމް ހޯދައި އެބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުމަށް މާލެސިޓީކައުންސިލުން ވަނީ ހުޅުވާލައިފައެވެ.

އެގޮތުން މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 19 އޮގަސްޓް 10:00 ގެ ކުރިން އެކަންކުރުމަށް އަދި 19 ސެޕްޓެމްބަރު 11:00 ގެ ކުރިން އަގު ހުށަހެޅުމަށްވެސް ސިޓީކައުންސިލުން އެދިފައިވެއެވެ.

މާލެސިޓީއަށް މީޓަރ ޕާކިން ސިސްޓަމް ތައާރަފްކުރާއިރު މިކަމަކީ މާލެއިން އަލަށް ތައާރަފްކުރާ ކަމެކެވެ.