Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

ފީވަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ށ. ފީވަށް--

ށ. ފީވަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ފީވަށް މިއަދުގެ ވަގުތެއްގައި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށެވެ.

މިއީ މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ދެވަނަ ރަށެވެ. ދެން މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މ. ކޮޅުފުއްޓެވެ. މިއާ އެކު މިވަގުތު ރާއްޖޭގެ 12 ރަށެއް މޮނިޓަރިންގެ ހާލަތުގައި އޮތްކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އެރަށްތަކަކީ ފުވައްމުލައްސިޓީ، އއ. ތޮއްޑޫ، ރ. ދުވާފަރު، ގއ. ކޫއްޑޫ، ށ. ފޯކައިދޫ، ގދ. ނަޑެއްލާ، ކ. ކާށިދޫ، އއ. ރަސްދޫ، ކުޅުދުއްފުށިސިޓީ، ހއ. ދިއްދޫ ށ. ފީވަށް އަދި މ. ކޮޅުފުއްޓެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 77،094 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2527 ކަމަށްވާއިރު އޭގެތެރެއިން 14 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލިން 74،335 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި 220 މީހަކު ވަނީ ނިޔާވެފައެވެ.