Last Updated: May 2, 19:20
Thursday, May 2, 2024
ޚަބަރު

ކަރަންޓު ސަބްސިޑީ ކަނޑާލި ނިންމުން މުރާޖަޢާ ކުރައްވާ: އާދަމް ޝަރީފް

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

ކަރަންޓު ސަބްސިޑީ ކަނޑާލި ނިންމުން މުރާޖަޢާ ކުރެއްވުމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވާލައްވައިފިއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ތަދުމަޑުކަމުގައި ރައްޔިތުން ހަނާވަމުން ދަނިކޮށް، އަދި އާމްދަނީއެއް ލިބޭނެ އެއްވެސް ގޮތެއް ނުރޭވެނީސް، ސަބްސިޑީ ކަނޑާލުމުން ދޭހަވަނީ ރައްޔިތުންނާއިމެދު އެއްވެސް ރަހުމެއް، ހަމްދަރުދީއެއް ސަރުކާރުން ނެތްކަން ކަމަށެވެ.

"ކޮވިޑްގެ ބަލިމަޑުކަމާއި ތަދުމަޑުކަމުގައި ރައްޔިތުން ހަނާވަމުން ދަނިކޮށް، އަދި އާމްދަނީއެއް ލިބޭނެ އެއްވެސް ގޮތެއް ނުރޭވެނީސް، ސަބްސިޑީ ކަނޑާލުމުން ދޭހަވަނީ ރައްޔިތުންނާއިމެދު އެއްވެސް ރަހުމެއް، ހަމްދަރުދީއެއް ސަރުކާރުން ނެތްކަން. ކަރަންޓު ސަބްސިޑީ ކަނޑާލި ނިންމުން މުރާޖަޢާ ކުރައްވާ!" އާދަމް ޝަރީފް ވިދާޅުވިއެވެ.

އެންމެފަހުގެ ކަރަންޓުބިލް ބޮޑުބިލެއްގައި ގޮތުގައި ދައްކަނީ އޭގެ ކުރިން ފޮނުވާފައި ހުރި ބިލްތަކަކީ ސަބްސިޑީ ދެވިފައިހުރި ބިލްތަކަކަށް ވެފައި، މިފަހަރުގެ ބިލްގައި ސަބްސިޑީޒް ހިމެނިފައި ނުވާތީ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވަނީ ބުނެފައެވެ.

މިމަހުގެ ކަރަންޓުބިލާ ބެހޭ ގޮތުން ބައެއް ފަރާތްތަކުން ދަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން މާލެ ސިޓީގެ މޭޔަރުވެސް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިމަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލެއް ކަމަށާއި ޙާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ޙާލުގައި ޖެހޭގޮތް މިވަނީ ވެފައިކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރައްޔިތުން އަތުގައި ނެތް ފައިސާއަކުން ބިލް ދައްކަން މިވަނީ ޖެހިފައި ކަމަށް ވެސް މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ.