Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު

މިނިސްޓަރ އިމްރާން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިނިސްޓަރ އިމްރާން ކޮވިޑުއަށް ޕޮޒިޓިވްކަން އެނގިވަޑައިގެންނެވީ ބަލީގެ އަލާމާތް ހުރެގެން ޓެސްޓު ކުރުމުންނެވެ.

އިމްރާން ކޮޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، އެމަނިކުފާން ވަނީ ކޮވިޑް-19 ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވާފައެވެ.

މިނިސްޓަރ އިމްރާން ކޮވިޑަށް ޕޮޒިޓިވްވެފައި މިވަނީ ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ގިނަ ބަޔަކަށް ބަލި ޖެހުނު ފަހުން ބަލި ކޮންޓްރޯލް ވެފައިވަނިކޮށެވެ.