Last Updated: April 20, 06:38
Saturday, April 20, 2024
ޚަބަރު

ތަކަންދޫ މޮނިޓަރިން ހާލަތަށް ގެނެސްފި

ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް 19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ހއ.ތަކަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެރަށް މޮނިޓަރިންއަށް ލާފައިވާކަން އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރަސްމީކޮށް އަންގާފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވުމާއި ގުޅުގެން އެގޮތަށް ރަށުގައި އަމަލު ކުރަން ފެށީ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޕޮޒިޓިވްވީ މީހާގެ ފިރިމީހާއަކީ ޑައިރެކްޓް ކޮންޓެއް ކަމަށާއި އެހެން ކަމުން ރަށުތެރޭގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވާ ކަމަށް ޚަބަރުތައް ލިބެއެވެ.

އީދު ބަންދާއެކު އައި ޗުއްޓީގައި ރަށަށް ގިނަ ބަޔަކު ދަތުރުކުރިކަމަށް ވެއެވެ. އެހެންނަމަވެސް އަދި ކޮންޓެކްޓް ޓްރޭސިންގް ތެރެއިން މާލެއިން ދިޔަ ފަރާތަކާއި ޕޮޒިޓިވް ކޭސްއާ ބައްދަލުވިކަމެއް އަދި ފާހަގަކުރެވިފައިނުވާކަމަށް އެރަށުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

އެރަށަށް މި ބަލި ދިޔަގޮތެއް ހޯދުމުގެ މަސައްކަތް ވަނީ ކައުންސިލާއި ސިއްޚީ ދާއިރާ ގުޅިގެން ފަށާފައިކަމަށް މައުލޫމާތު ލިބެއެވެ.

ތަކަންދޫގައި އުޅޭ އާބާދީގެ ވަރަށް ބޮޑު އިންސައްތައެއް ވަނީ ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަކޮށްފައެވެ.