Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ވެކްސިން ޖެހުމުގެ ފުރުޞަތު ފަހިވުމަކީ ނަސީބެއް: ނައިބު ރައީސް

ކޮވިޑް-19ގެ ވެކްސިން ޖެހޭ އުމުރުފުރާގެ އެންމެންނަށް ވެކްސިން ޖެހުމުގެ ފުރުޞަތު ފަހި ވެފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމީ އަޅުގަނޑުމެންގެ ނަސީބު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް ކުރެއްވި ޓްވީޓްގައި ވަނީ މި ފުރުސަތުގެ ބޭނުން ހުރިހާ ބޭފުޅުން ވެސް ހިއްޕެވުމަށް އެދިވަޑައިގެންފައެވެ.

"ކޮވިޑް-19ގެ ވެކްސިން ޖެހޭ އުމުރުފުރާގެ އެންމެންނަށް ވެކްސިން ޖެހުމުގެ ފުރުޞަތު ފަހި ވެފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމީ އަޅުގަނޑުމެންގެ ނަސީބު. މި ފުރުޞަތުގެ ބޭނުން ހިއްޕަވައި ޢާއްމު ޙާލަތަށް ރުޖޫއަވުމަށް އެންމެން އެކުގައި މަސައްކަތް ކުރަމާ!" ފައިސަލް ވިދާޅުވިއެވެ.

ފައިސަލްގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ ޢާއްމު ޙާލަތަށް ރުޖޫއަވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށެވެ.

ރާއްޖޭގައި ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން ޖެހޭ އާބާދީއަށް ވާވަރަށް ވެކްސިން ހޯދިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.

މަބްރޫކް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަކީ ވެކްސިންޖެހޭ މުޅި އާބާދީއަށް ބޭނުންވާ ވަރަށް ވެކްސިން ލިބިފައިވާ މަދު ގައުމުތަކުގެ ތެރެއިން ގައުމެއް ކަމަށާއި ކުރީގެ ހާލަތަށް ދިޔުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.އެގޮތުން އެ ހާލަތަށް ދިޔުމަށް ވެކްސިން ޖަހައި، މިކަމުގެ ހުރި މުހިއްމުކަން އެހެން މީހުންނަށް ބުނެދިނުމަށް ބާރު އެޅުމަށް މަބްރޫކް އިލްތިމާސް ކުރެއްވިއެވެ.

އްޖޭގެ ވެކްސިންޖެހޭ އާބާދީގެ އެންމެނަށް ވެކްސިން ހޯދާފައިވާއިރު، ރާއްޖެ އިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް 321،594 މީހަކު ވަނީ ޖަހާފައެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދު ވަނީ 263،067 އަށް އަރާފައެވެ.

ރާއްޖޭގެ އެންމެނަށް ވެކްސިން ދިނުމަށް ބޮޑު ޕްރޮގްރާމެއް އަންނަ ހަފްތާގައި ފެށުމަށް ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދިފަހުން ވަނީ އިއުލާންކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން، ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް، މިފެށޭ އޮގަސްޓް މަހުގެ ނިޔަލަށް، ވެކްސިން ޖަހައި ނިންމުން ކަމަށް ރައީސް ވިދާޅުވިއެވެ.