Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އިދިކޮޅުން ކްރިމިނަލް ކޯޓު ސަރަހައްދުގައި މުޒާހަރާ ކުރަނީ

ކްރިމިނަލް ކޯޓު ސަރަހައްދު--

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ކްރިމިނަލް ކޯޓު ސަހަރައްދުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

އިދިކޮޅުން ކްރިމިނަލް ކޯޓު ސަރަހައްދުގައި މުޒާހަރާ ކުރަން ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދާގޮތަށް ތާވަލުކޮށްފައި އޮތުމުންނެވެ.

އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާގައި ޕީޕީއެމް ޕީއެންސީ ލީޑަރޝިޕްގެ އިސްބޭފުޅުންނާއި ސަޕޯޓަރުން އަންނަނީ ބައިވެރިވަމުންނެވެ. އެސަރަހައްދުގައި ހަރަކާތްތެރިވާ ލީޑަރޝިޕްގެ ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އަދި މާލެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ.

ލީޑަރޝިޕްގެ ބޭފުޅުން ކްރިމިނަލް ކޯޓު ސަރަހައްދުގައި–

ކްރިމިނަލް ކޯޓު ސަރަހައްދަށް އެއްވެތިބި ފަރާތްތަކުން އަންނަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އަޑުގަދަ ކުރަމުންނެވެ.

ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާއެވެ.