Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ޞާލިހު ފައްޓަވާފައިވަނީ ޤައުމު ވިއްކާލުމުގެ ކެމްޕެއިނެއް: ހިސްޓޯ

ޝިފާގް މުފީދު ޕީޕީއެމްގެ ހަރަކާތެއްގައި ބައިވެރިވަނީ: ފޮޓޯ ރާއްޖެ އެމްވީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ފައްޓަވާފައިވަނީ ޤައުމު ވިއްކާލުމުގެ ކެމްޕެއިނެއް ކަމަށް ކުރީގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ޝިފާގް މުފީދު(ހިސްޓޯ) ވިދާޅުވެެއްޖެއެވެ.

ހިސްޓޯ މިހެން ވިދާޅުވެފައިވަނީ ހުރިހާ ލީޑަރުން ސޯލިހްގެ ކެމްޕެއިނާއި ގުޅެންޖެހޭ ކަމަށް ރީކޯ މޫސާ ވިދާޅުވެފައި އޮތުމުން އޭނާއަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

"ޞާލިހު ފައްޓަވާފައިވަނީ ޤައުމު ވިއްކާލުމުގެ ކެމްޕެއިނެއް. އައްޑޫ ހަންކެޑެއާއި ހަނިމާދުއާއި އުތުރުތިލަފަޅު ފަދަ ތަންތަން އިންޑިއާއަށް ވިއްކާލުމާއި، ރާއްޖޭގައި ބިދޭސީން ވަޒަންވެރިކުރުވައި ރަށްވެހިކަން ދިނުމުގެ ކެމްޕެއިނެއް. ނުކުންނަންވީ ޞާލިޙުގެ އަޅުވެތިކުރުމުގެ ކެމްޕެއިނާ ދެކޮޅަށް" ހިސްޓޯ ވިދާޅުވިއެވެ.

ހިސްޓޯ ވިދާޅުވެފައިވަނީ އެންމެން ނުކުންނަންވީ ރައީސް ސޯލިހްގެ އަޅުވެތިކުރުމުގެ ކެމްޕެއިނާ ދެކޮޅަށް ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދުވަސްވަރެކެވެ. ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ ތެރޭގައި ވެސް ރައީސް ސޯލިހް އަދި ރައީސް ނަޝީދު މި ދެބޭފެޅުންގެ ދެ ގްރޫޕް އުފެދި އެއްބަޔަކު އަނެއް ބަޔަކަށް ވަނީ ބަހުގެ ހަމަލާތައް ރައްދު ކުރަން ފަށާފައެވެ. މިކަމުގެ ސަބަބުން އެމްޑީޕީގައި ހަރަކާތްތެރިވަމުން ޒަމާނުއްސުރެ ދިޔަ އެތައް ބަޔަކު ވަނީ އެ ޕާޓީ ދޫކޮށް އެހެން ޕާޓީތަކާއި ގުޅެން ފަށާފައެވެ.