Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

މުލީއާގެ ގޮއްވާލާނެކަމުގެ އިންޒާރު ދިން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މުލީއާގެ ކައިރިއަށް ގޮސް ބޮމުގެ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދިން މީހާގެ ބަންދަށް މުއްދަތު އިތުރުކޮށްފިއެވެ.

މި މަހުގެ ނުވަ ވަަނަ ދުވަހު މުލީއާގެ ކައިރިއަށްގޮސް އެތަން ގޮއްވާލާނެކަމަށް ބުނެ އިންޒާރު ދިން މައްސަލައިގައި ފުލުހުން ފުރަތަމަ ހައްޔަރު ކުރީ ދެމީހުންނެވެ. އެހެން ނަމަވެސް އެތަނުން އެކަކު ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ބުނެ ފުލުހުން ވަނީ ދޫކޮށްލާފައެވެ.

އެންމެ ފުރަތަމަ ކޯޓަށް ހުށަހެޅުމުން އޭނާއަށް މުއްދަތު ޖަހާފައިވަނީ 7 ދުވަހެވެ. ނަމަވެސް މި މުއްދަތު މިހާރު ވަނީ 15 އަށް އިތުރު ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން އެމީހާ ހައްޔަރުކުރީ މުލީއާގެ ކައިރިއަށް ގޮސް އޭނާގެ އަތުގައި ބޮމެއް އޮތް ކަމަށް ބުނުމުންނެވެ. އެމީހުންގެ އަތުގައި އޭރު ދަބަހަކާއި ރަތް ކޮތަޅެއްގެ އިތުރުން ކަރުދާސް ފޮއްޓެއް ހުރިކަމަށް މައުލޫމާތު ލިބެއެވެ. ބަންދުގައި ހުރި މީހާގެ މައްޗަށް ފުލުހުން ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމަށް އިންޒާރު ދިނުން އަދި ބިރު ދެއްކުމުގެ ތުހުމަތާއި ދޮގު ހަބަރު ދިނުމުގެ ތުހުމަތެވެ.