Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

އޮސްޓްރޭލިއާގެ ބްރިސްބަން ލޮކްޑައުން ކޮށްފި

A cricket fan wearing personal protective equipment goes through security at the Sydney Cricket Ground for the first day of the third test between India and Australia, with reduced fan attendance to curb the spread of the coronavirus disease (COVID-19), in Sydney, Australia, January 7, 2021. REUTERS/Loren Elliott - RC2N2L9OXKN0

އޮސްޓްރޭލިއާގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ބްރިސްބަން އަދި ކްއީންސްލޭންޑް ސްޓޭޓް ކޮވިޑް 19 ގެ ޑެލްޓާ ވޭރިއަންޓް ފެތުރެން ފެށުމުގެ ސަބަބުން ލޮކްޑައުން ކޮށްފިއެވެ.

އެ ސްޓޭޓްގެ ޑެޕިއުޓީ ޕްރިމިއާ ސްޓީވަން މައިލްސް ވިދާޅުވެފައިވާ ގޮތުގައި މިލިއަން އާބާދީއޮތް އެ ސްޓޭޓްގެ މީހުންނަށް ވަނީ ހޮނިހިރު ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ގޭގައި ތިބުމަށް އަމުރު ކޮށްފައެވެ.

ބްރިސްބަން އިން މިހާތަނަށް 210 ޑެލްޓާ ވޭރިއަންޓް ކޭސްތައް ފެނިފައިވެއެވެ. ހޮނިހިރު ދުވަހު އެކަނި ވެސް ބްރިސްބަން އިން ވަނީ 3,190 ކޮވިޑް ކޭސް ފެނިފައެވެ.

ސިޑްނީގައި 198 މީހަކު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައެވެ. އޭގެ ތެރެއިން 53 މީހަކަށް ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައެވެ. އަދި 27 ތިބީ ވެންޓިލޭޓަރުގެ އެހީގައެވެ.މިހާތަނަށް އެ ސިޓީއިން 14 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.

އޮސްޓްރޭލިއާގައި މިހާތަނަށް 34000 ކޮވިޑް ކޭސް ވަނީ ރިޕޯޓް ކުރެވިފައެވެ. އަދި 924 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

ޑެލްޓާ ވޭރިއަންޓް އިންޑިއާ، އެމެރިކާ، އިންޑޮނޭޝިއާ އަދި ބަނގްލަދޭޝް ފަދަ ގައުމުތަކުން ފެނި އެ ގައުމުތައް ވަނީ ސިއްޚީ އަނދަވަޅަކަށް ވެއްޓިފައެވެ. އެތައް ހާސް ރައްޔިތުންނެއް ވަނީ މި ގައުމުތަކުން މަރުވެފައެވެ.

އެމެރިކާގެ ރިސާޗްތަކުން ދައްކާފައިވާ ގޮތުގައި ކޮވިޑް 19ގެ ޑެލްޓާ ވޭރިއަންޓަކީ ސާސް، އަދި އެބޯލާއަށްވުރެ ނުރައްކާ އެއަށްވުރެ ހަލުވި މިނުގައި ފެތުރެމުންދާ ވައިރަހެކެވެ.