Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ގއ. ވިލިނގިލި އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް

ގއ. ވިލިނގިލި

ގއ. ވިލިނގިލި މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިލިނގިލި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު ހެނދުނު 09:00 ގައެވެ.

ކޮވިޑް-19އާ ގުޅިގެން ވިލިނގިލި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، އެކަމުގެ ސަބަބުން އެޗްޕީއޭގެ ހުއްދަ ނެތި ރަށަށް އަރާފޭބުން ވަނީ މަނާކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވިލިނގިލިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުނު މީހަކު ފްލޫ ކްލިނިކަސް ދެއްކުވުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 77،432 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2601 ކަމަށްވާއިރު އޭގެތެރެއިން 16 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލިން 74،598 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި 221 މީހަކު ވަނީ ނިޔާވެފައެވެ.