Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

މަކަރު ހަދައިގެން 60،000ރ ހޯދާފައިވާ މީހަކު ހޯދަން އިއުލާނުކޮށްފި

މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ތަހުގީގަށް ހާޒިރުކުރުމަށް ހޯދަން އިއުލާނު ކޮށްފައިވަނީ ހއ. ބާރަށް، ކޭސީވިލާ، އިބްރާހީމް ރަޝީދުއެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ހޯދަނީ 2021 ޖޫން 05 ވަނަ ދުވަހުގެ ވަގުތެއްގައި 7233204 ނަންބަރުން މީހަކަށް ގުޅައި މަކަރާއި ހީލަތުން 60،18.68 ރުފޔާ ހޯދާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ކަމަށެވެ.

އަދި މި މަހުގެ އަށްވަނަ ދުވަހު ހަވީރު 16:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިން އަށް ހާޒިރުވުމަށްވެސް ވަނީ އަންގާފައެވެ.

މީހުން ހޯދުމަށް މިގޮތަށް ފުލުހުން އިއުލާނުކުރަނީ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރުމުގެ ގޮތުންނެވެ.