Last Updated: July 24, 11:07
Friday, July 24, 2026
ޚަބަރު

ފުވައްމުލަކުން ކަރަންޓު ކެނޑިއްޖެ

ފުވައްމުލަކު ސިޓީން ކަރަންޓު ކެނޑިއްޖެއެވެ.

ފެނަކަ ފުވައްމުލަކު ބްރާންޗުން ބުނީ އެ ސިޓީން ކުއްލިއަކަށް ކަރަންޓު ކެނޑެން ދިމާވި މައްސަލަ ހޯދުމާއި ކަރަންޓު ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް ބެލި ބެލުމުން ބޮޑަށް ލަފާކުރެވެނީ ކަރަންޓު ކެނޑިފައިވަނީ ހައިވޯލްޓޭޖް ކޭބަލަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ފެނަކަ އިން ބުނެއެވެ.

އަދި މިކަމުގެ ސަބަބުން ދިމާވަމުން އަންނަ ދަތިތަކަށް ފެނަކަ އިން ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ.