Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ސިޔާސީ އަދި ޒާތީ ކަމެއްގައި ވެކްސިން ނުޖަހާ ތިބުމަކީ ބޮޑު ނުރައްކަލެއް: ނިހާދު

ސިޔާސީ އަދި ޒާތީ ކަމެއްގައި ވެކްސިން ނުޖަހާ ތިބުމަކީ ތިބާއާއި އެހެން އަޚުންނާއި އުޚްތުންނަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު ކުރެއްވި ޓްވީޓްގައި ވަނީ އަވަހަށް ވެކްސިންގެ 2 ޑޯޒް ހަމަކުރުމަށް ވިދާޅުވިއެވެ.

"ވެކްސިން ޖަހަން ބުކިންގ ހެދުމުގައި މައްސަލަ އެއް ދިމާވެއްޖެނަމަ ވެކްސިން ސެންޓަރު ތަކުގެ ހެލްޕް ޑެސްކުން އެ މައްސަލަ ހައްލު ކޮށްލެވޭނެ! އަވަހަށް ވެކްސިންގެ 2 ޑޯޒް ހަމަކުރަމާ! ސިޔާސީ އަދި ޒާތީ ކަމެއްގައި ވެކްސިން ނުޖަހައި ތިބުމަކީ ތިބާއާއި އެހެން އެހެން އަޚުންނާއި އުޚުތުންނަށް އޮތް ބޮޑު ނުރައްކަލެއް!" ނިހާދު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ވެކްސިން ޖެހޭ އުމުރުފުރާގެ އެންމެންނަށް ވެކްސިން ޖެހުމުގެ ފުރުޞަތު ފަހި ވެފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމީ އަޅުގަނޑުމެންގެ ނަސީބު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އާބާދީއަށް ބޭނުންވާ ވަރަށް ވެކްސިން ވަނީ ހޯދިފައިކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. މަބްރޫކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަކީ ވެކްސިންޖެހޭ މުޅި އާބާދީއަށް ބޭނުންވާ ވަރަށް ވެކްސިން ލިބިފައިވާ މަދު ގައުމުތަކުގެ ތެރެއިން ގައުމެއް ކަމަށާއި ކުރީގެ ހާލަތަށް ދިޔުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.އެގޮތުން އެ ހާލަތަށް ދިޔުމަށް ވެކްސިން ޖަހައި، މިކަމުގެ ހުރި މުހިއްމުކަން އެހެން މީހުންނަށް ބުނެދިނުމަށް ބާރު އެޅުމަށް މަބްރޫކް އިލްތިމާސް ކުރެއްވިއެވެ.