Last Updated: May 15, 06:48
Thursday, May 15, 2025
ޚަބަރު

ބާ ވެހިކަލްތައް މާލެތެރެއިން ނަގަން ފަށައިފި

މާލެ ތެރެއިން ގިނަ ދުވަސްވީ ވެހިކަލްތައް ނެގުމުގެ މަސައްކަތް މިއަދު ކުރަނީ

މާލެތެރޭގައި އުކާލާފައި ހުރި ބާ ވެހިކަލްތައް މިއަދު ނަގަން ފަށައިފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ ތެރޭގައި ބޭނުން ނުކުރެވޭ ހާލަތުގައި ހުރި ވެހިކަލްތައް ސިޓީ ކައުންސިލާއި ފުލުހުންނާ ގުޅިގެން ނަގަން މިއަދު ނަގަން ފަށާފައިވާ ކަމަށެވެ.

ބޭނުން ނުކުރެވޭ ވަރަށް ހާލާކުވެފައި ހުރި ބާ ވެހިކަލްތައް މާލޭގައި ހުރުމަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އޭގެ ސަބަބުން ޕާކް ކުރާނެ ބޮޑު ޖާގައެއް ގެއްލެ އެވެ. އަދި މާލޭގެ ރީތިކަންވެސް އޭގެ ގެއްލެ އެވެ.

ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ބާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު ކުރާނެ އެވެ.