Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު އިލެކްޝަން ކަމިޝަން

ކަމާލުއްދީނަށް ޕާޓީ ހަދަން ހުއްދަ ދީފި

އަބްދުالله ކަމާލުއްދީން-- ފޮޓޯ: އަވަސް

ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރަން އަބްދުﷲ ކަމާލުއްދީނަށް ހުއްދަދޭން އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ކުރެއްވި ޓުވީޓް ވިދާޅުވީ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ޢަބްދުﷲ ކަމާލުއްދީނަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފައިވާ ކަމަށެވެ. އެ ޓުވީޓަށް ރައްދުދީ ކަމާލުއްދީން ވަނީ އިލެކްޝަންސް ކަމިޝަނަށް ޝުކުރު އަދާ ކޮށްފައި އެވެ.

ކަމާލުއްްދީން ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދައަށް އެދުމުން އިލެކްޝަނުން އެންމެ ފުރަތަމަ ވަނީ އޭނާއަށް އެ ހުއްދަ ނުދޭން ނިންމާފައި އެވެ. އެ ގޮތައް ނިންމީ އެންމެ ފަހުން ހުންނެވި ރައީސް މައުމޫނުގެ އެމްއާރުއެމް އިން ވަކި ނުވެ އޮތުމުންނެވެ. ނަމަވެސް ފަހުން އެ ހުއްދަ ދޭން ނިންމާފައި މި ވަނީ ޕާޓީން ވަކިވުމުންނެވެ.

ކަމާލުއްދީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވެސް ވަނީ އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައި، 3،000 ސޮއި ވެސް ހަމަކުރައްވާފައެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް ވަރަށް އަވަހަށް އީސީ އަށް ފޯމު ހުށަހަޅާނެ ކަމަށް ވެއެވެ.