Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އުނގޫފާރު މަގު ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފި

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ދަށުން 85އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ދުއްވާ ސަރަހައްދުގެ ސަބްގްރޭޑް މަސައްކަތްތައް ނިމިފައިވާކަމަށާއި އަދި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތުގެ 95 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ދަށުން، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އުނގޫފާރު މަގުހެދުމުގެ މަޝްރޫއަކީ 28.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.