ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ޒާތީގޮތުން ދިމާކޮށް ޖެއްސުންކުރުމަކީ ދެރަވަރު ކަމެއްކަމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީނާއި މަރުތަކާއި އެއްވެސް ގުޅުމެއްނެތްކަމަށް މީގެކުރިން މަރު ކޮމިޝަނުން ރައްޔިތުން ކުރިމަތީގައި އިއުލާނުކޮށްފައިވާކަމަށެވެ.
"ޕްރޮފެޝަނަލްކޮށް ކުރަންޖެހޭ ކަންކަން ސިޔާސީ ވެގެންނުވާނެ." ޝަހީމްގެ ޓްވީޓްގައިވެއެވެ.
މަރު ކޮމިޝަނުން މީގެ ކުރިން އެންމެހާ ރައްޔިތުންގެ ކުރިމަތީގައި އިޢުލާންކޮށްފަ ވާނެ ރ.ޔާމީންނާ މަރުތަކާ އެއްވެސް ގުޅުމެއް ނެތްކަމަށް ތަޙުޤީޤުތަކުން އެނގޭކަމަށް. ޕްރޮފެޝަނަލްކޮށް ކުރަންޖެހޭ ކަންކަން ސިޔާސީ ވެގެންނުވާނެ.ރ ޔާމީނާ ޒާތީ ގޮތުން ދިމާކޮށް ޖެއްސުންކުރުމަކީ ދެރަވަރުކަމެއް.
— Mohamed Shaheem Ali Saeed (@Mohamedshaheem1) August 3, 2021
ޑރ. ޝަހީމް މިފަދައިން ޓްވީޓް ކުރައްވާފައިނުވަނީ މި މަހުގެ ތިންވަނަ ދުވަހު މަރު ކޮމިޝަނަށް ހާޒިރުވުމަށް ޔާމީނަށް އަންގާފައިވާތީ އެކަމާ ގުޅިގެންނެވެ.