Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

މަޖިލިސް ދޮރުމަތީގައި ޖާބިރު އިހުތިޖާޖުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދޮރުމަތީގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މުޒާހަރާކޮށްފިއެވެ.

މަޖިލީހުގެ ދޮރުމަތީގައި އިށީންދެ އިނދެ ޖާބިރު އަޑުގަދަ ކޮށްފައިވާއިރު، އިހުތިޖާޖްކުރި ސީދާ ސަބަބެއް ސާފެއް ނުވެއެވެ،.

އެހެންނަމަވެސް އެތަނުގައި އިނދެ އަޑުގަދަކޮށް ވާހަކަ ދައްކަމުން، މަޖިލީހަށް ވަނުމުގެ ހުއްދަ ނުދިންކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާއި މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިސްތިއުފާއަށްވެސް ގޮވާލާފައިވެއެވެ.

މިކަމުގައި ޖާބިރުގެ ބަހެއް ހޯދާލުމަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ ޖާބިރުގެ ބަހެއް ވަނީ ލިބޭގޮތް އަދި ނުވެފައެވެ.