އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ހުށަހެޅުމަށް ތާއީދު ނެތްކަން އެމްއާރްއެމްއިން ހާމަކޮށްފިއެވެ.
ގައުމު އަޅުވެތިކަމުގައި އޮތްކަމަށްބުނެ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ އަޅުވެތިކަމުން ސަލާމަތް ކުރުމަށް އިދިކޮޅުން ކުރިއަށްގެންދާ "މިނިވަންކަމުގެ ދިފާއުގައި – ދިވެހީން" ކެމްޕެއިނާއި ގުޅުމުގެ ދައުވަތު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ނޫން އެހެން ޕާޓީތަކަށް ދީފައެވެ.
އެ ދައުވަތާއި ގުޅޭގޮތުން އެމްއާރްއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައިވަނީ އެމްއާރްއެމް އަކީ މިހާރު އޮތް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއްކަމަށެވެ.
އެހެންކަމުން ކޯލިޝަނުން ވަކިވެގެން، ގައުމީ މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމަކަށް ތާއީދުކޮށް އެފަދަ ކަމެއްގައި ބައިވެރިވާން ބޭނުންނުވާކަމަށް ޕީޕީއެމް ޕީއެންސީއަށް އެންގުމަށް ރައީސް މައުމޫން ވިދާޅުވެފައިވާކަމަށް އެމްއާރްއެމްއިން މައުލޫމާތުދެއެވެ.
އިދިކޮޅުގެ ދައުވަތާ ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެ ދައުވަތަށް ޝައުގުވެރިކަން ނެތްކަން ހާމަކޮށްފައިވެއެވެ.