Last Updated: June 26, 19:20
Friday, June 26, 2026
ޚަބަރު

ފާތިހުގެ މައްޗަށް މިވަގުތު ދައުވާއެއް ކުރެވެން ނެތް: ޕީޖީ

މޭ 6 ހަމަލާއާ ގުޅިގެން ހައްޔަރު ކުރި އަހުމަދު ފާތިހްގެ މައްޗަށް މިވަގުތު ދައުވާއެއް ކުރެވެން ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިހާރު ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގަިއ ވިދާޅުވީ، ފާތިހުގެ މައްޗަށް މިވަގުތަށް ދައުވާއެއް ކުރެވެން ނެތްކަމަށެވެ.

ސަބަބަކީ މިހާތަނަށް ލިބިފަ ހުރި ހެކިތަކާ މައުލޫމާތަށް ބަލާއިރު މިވަގުތު ދައުވާއެއް ނުކުރަން ނިންމެވީކަމަށެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލަށް އަދި ނުދާނެކަމަށެވެ. އަދި ތަހުގީގު ކުރިއަށްދާވަރަކުން އިތުރުކަމެއް ފާހަގަވެއްޖެނަމަ އެކަންކަމާމެދު ގޮތް ނިންމާނެ ކަމަށް ވިދާޅުވިއެވެ.

ބޮން ގޮއްވުމުގެ މައްސަލައިގައި ފަސް މީހަކަށް ދައުވާ ކޮަށްދިނުމަށް އެދި ފުލުހުން ޕީޖީއަށް ފޮނުވާފައިވެއެވެ. އެއީ ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް، ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.

މީގެތެރެއިން ފާތިހުގެ މައްޗަށް އަދި ދައުވާ ނުކުރުމަށް ނިންމާފައިވާއިރު ޕީޖީން ވަނީ އަދުހަމްގެ މައްޗަށް 4 ދައުވާ، މުޖާޒަށް 2 ދައުވާ، ތަހުމީނަށް 4 ދައުވާ އަދި އަލީ ހައިޝަމަށް 3 ދައުވާ ކޮށްފައެވެ.