Last Updated: June 26, 19:20
Friday, June 26, 2026
ޚަބަރު

ފުވައްމުލަކުގައި ކޮވިޑް ޖެހިގެން މީހަކު މަރުވެއްޖެ

ފުވައްމުލަކު ސިޓީ--

ފުވައްމުލަކުސިޓީގައި ކޮވިޑް ޖެހިގެން މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސި (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު ހެނދުނު 09:00 ގައި ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 94 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. މިއާ އެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 222 އަށް އަރާފައެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 77،633 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2472 ކަމަށްވާއިރު އޭގެތެރެއިން 19 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލިން 74،928 މީހުން ރަނގަޅުވެފައިވެއެވެ.