Last Updated: June 26, 19:20
Friday, June 26, 2026
ޚަބަރު

ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓައިފި

އަބްދުﷲ ޖާބިރު - މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އަބްދުالله ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ޖާބިރުގެ ޕާސްޕޯޓް ކޯޓު އަމުރަކާ ގުޅިގެން ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން ފެންމަތިވެފައިމިވަނީ މިއަދުގެ ވަގުތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި އޮށޯވެ ޖާބިރު އިހުތިޖާޖުކޮށްފައިވަނިކޮށެވެ.

އެތަނުގައި އިނދެ އަޑުގަދަކޮށް ވާހަކަ ދައްކަމުން، މަޖިލީހަށް ވަނުމުގެ ހުއްދަ ނުދިންކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާއި މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިސްތިއުފާއަށްވެސް ގޮވާލާފައިވެއެވެ.