Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

ތާލިބާނުންނާއެކު އަފްޣާނިސްތާނުވާނީ އެކަހެރި ދައުލަތަކަށް: އެމެރިކާ

ތާލިބާނުން އަފްޣާނިސްތާނުގައި ބާރުގަދަކޮށް އެމީހުންގެ ބާރު ހިންގަން ފަށައިފިނަމަ އަފްޣާނިސްތާނު ވާނީ އެކަހެރި ވެފައިވާ ދައުލަތަކަށް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކަން ވިދާޅުވެއްޖެއެވެ.

ބްލިންކަނާއި ހަވާލާދީ ބޭރުމީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބްލިންކަން ވަނީ އަފްޣާނިސްތާނުގައި ތާލިބާނުން ހިންގަމުން އަންނަ ކަންކަމާގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން އަފްޣާނިސްތާނުގެ ރައްޔިތުންގެ ހައްޤުތަކަށް އިހުތިރާމު ނުކޮށް ރައްޔިތުންނާއި މެދު ހަރުކަށިކޮށް އަމަލުކުރާނަމަ އަފްޣާނިސްތާނު ބައިނަލްއަޤްވާމީ މައިދާނުގައި އެކަހެރިވާނެކަމަށް ބްލިންކަން ވިދާޅުވިއެވެ.

ބްލިނަކަން މިފަދައިން ވިދާޅުވެފައިވަނީ މިވަނީ މި ނިމުނު ހަފްތާގައި ތާލިބާނުން އަފްޣާނިސްތާނުގައި ހިންގަމުން އަންނަ ކަންކަމާއި ގުޅިގެންނެވެ. އެގޮތުން އަފްގާނިސްތާނުގެ މުހިއްމު ތިން ސިޓީއެއް ހިފުމަށްޓަކައި ތާލިބާން ޖަމާއަތުން ސަރުކާރުގެ ފައުޖުތަކާ ހަނގުރާމަ ވަނީ ފަށާފައެވެ. އެގޮތުން ތާލިބާނުން ވަނީ ލަކްޝަރުގާ ސިޓީ އާއި ކަންދަހާރާއި ހިރާތުސިޓީ ވަށާލާފައެވެ.

ތާލިބާނުން އަފްޣާނިސްޓާނުގެ ހިސާބުތަކުގެ ކޮންޓްރޯލް ނަގަން ފަށާފައިމިވަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމާއި ގުޅިގެންނެވެ.