Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

މުވައްޒަފަކު ޕޮޒިޓިވްވެ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލައިފި

ހިޔާ މަޝްރޫއުގެ ފްލެޓުތައް: ފޮޓޯ / ވަން

ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންކަން މެދުކަނޑާލައިފިއެވެ.

އެޗްޑީސީން ބުނީ ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުން މެދު ކަނޑާލާފައިވާކަމަށެވެ.

އެގޮތުން މިއަދު ހެނދުނު 10:00 އިން ފެށިގެން އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންކަން މެދުކަނޑާލެވިފައިވާކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

އެޗްޑީސީން ބުނެފައިވަނީ ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންކަން ފެށޭނެ ތާރީހެއް ފަހުން އިއުލާނުކުރާނެކަމަށެވެ.