Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

މަސްއޫދަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި

ދިއެފްއެމް ރޭޑިއޯގެ ކުރީގެ ސީއީއޯ އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ މެންބަރު މަސްއޫދު ހިލްމީއަށް ހަމަލާދިން މީހާ ހައްޔަރުކޮށްފިއެވެ.

ލ. ފޮނަދޫގައި މަސްއޫދަށް ހަމަލާދިނީ އަންހެނުން ގޮވައިގެން ސައިކަލްގައި ދުއްވާފައި ދަނިކޮށް ރޭ 9:30 ހާއިރު ދަގަނޑުބުރިއަކުންނެވެ.

އެ މައްސަލައިގައި ކޯޓް އަމުރެއްގެ ދަށުން 36 އަހަރުގެ ދިވެހި ފިރިހެނަކު ރޭ 02:18 ހާއިރު ހައްޔަރު ކޮށްފައިވާ ކަމަށް މައުލޫމާތުލިބެއެވެ. 

މީގެކުރިން ފޮނަދޫގައި މަސްއޫދުގެ ކާރު ބާއްވާފައި އޮއްވާ ކާރުގައި ރޯކޮށްލާފައިވެއެވެ. އަދި ރޭގެ ހަމަލާ ދީފައިވަނީ ކާރު ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާކަމަށްވާ ފޮނަދޫ ދިކުސާގޭ އަހްމަދު ޝަމީމް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.