Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

މަސްއޫދަށް ހަމަލާދީން މީހާގެ ބަންދަށް 7 ދުވަސް

ދިއެފްއެމް ރޭޑިއޯގެ ކުރީގެ ސީއީއޯ އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ މެންބަރު މަސްއޫދު ހިލްމީއަށް ހަމަލާދިން މީހާގެ ބަންދު މުއްދަތު ޖަހައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހަތް ދުވަސް ޖަހާފަައެވެ.

ލ. ފޮނަދޫގައި މަސްއޫދަށް ހަމަލާދިނީ އަންހެނުން ގޮވައިގެން ސައިކަލްގައި ދުއްވާފައި ދަނިކޮށް އޮގަސްޓް 3 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު ދަގަނޑުބުރިއަކުންނެވެ. އެ މައްސަލައިގައި ކޯޓް އަމުރެއްގެ ދަށުން 36 އަހަރުގެ ދިވެހި ފިރިހެނަކު އެރޭ 02:18 ހާއިރު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.