ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް ދޫކޮށްލައިފިއެވެ.
އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވަނީ ޖާބިރުގެ ޕާސްޕޯޓް ދޫކޮށްލާފައިވާކަން "އައްޑޫލައިވް"އަށް ކަށަވަރު ކޮށްދީފައެވެ.
ހަނަފީ ވިދާޅުވީ ޖާބިރުގެ ޕާސްޕޯޓް ދޫކޮށްފައިވަނީ އެއް މަސްދުވަހުގެ މުއްދަތަކަށް ކަމަށެވެ.
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން އާންމުވީ އަންގާރަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރުގެ ޕާސްޕޯޓް ހިފެހެއްޓީ މުވައްޒަފަކަށް ދޭންޖެހޭ ފައިސާގެ މައްސަލައެއްގައެވެ.