Last Updated: July 21, 18:02
Wednesday, July 22, 2026
ކުޅިވަރު

ޕެރަލިމްޕިކްސްގައި ރާއްޖެ އިން ވާދަކުރަނީ

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މި މަހުގެ 24 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އޮލިމްޕިކްސް ނުވަތަ ޕެރަލިމްޕިކްސްގައި ރާއްޖެއިން ވާދަކުރަން ނިންމައިފިއެވެ.

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީން ބުނީ މިއީ މި މުބާރާތުގައި ރާއްޖެއިން ވާދަކުރާ ފުރަތަމަ ފަހަރު ކަމަށާއި އެގޮތުން މި މުބާރާތުގައި ރާއްޖެ ވާދަކުރަނީ 100 މީޓަރު ދުވުމުގެ އިވެންޓުގައި ކަމަށެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ދެ އެތްލީޓުންނަކީ މުހައްމަދު މާޒިން އާއި ފާތިމަތު އިބްރާހިމް އެވެ.

މީގެތެރެއިން މާޒިން ވަނީ 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޕެރެ ކެޓަގަރީގެ 100 މީޓަރު ދުވުމުން ލޯ މެޑަލް ހާސިލުކޮށްފައެވެ.

ޕެރަލިމްޕިކްސްގައި 4000 އަށް ވުރެ ގިނަ އެތްލީޓުން ވާދަކުރުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތުގައި 22 ކުޅިވަރެއް ކުރިއަށްދާނެއެވެ.