ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅުވާ ވިލުފުށީ ދައިރާގެ މެމްބަރު ހަސަން އަފީފް ދެއްކެވި ވާހަކަތަކަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ރައްދު ދެއްވައިފިއެވެ.
ދިވެހި ޗެނަލްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހަސަން އަފީފް ވަނީ ރައީސް ސޯލިހު މިހާރު އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ޔަގީން ނުވާކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.
އަފީފްގެ އެވާހަކައަށް ރައްދު ދެއްވާ އަނދުން ހުސައިން ކުރި ޓްވީޓްގައި ބުނެފައިވަނީ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ބޭފުޅަކަށް ރައިސް ސޯލިހް ނިސްބަތްވާ ސިޔާސީ ޕާޓީ އޮޅެނީ އެބޭފުޅަކު އަމިއްލައަސް އޮޅިފައި ހުރުމުން ކަމަށެވެ.
MDP ge PG ehves beyfulhakah Raees’ul jumhoorihya nisbaih vevadaigannavaa siyaasee party olhivadaiganna vaanama, evaa gothakee ebeyfulheh amihla ah olhun. https://t.co/P1Po94fRtz
— Hussain Shaheem (@AndhunHussain) August 6, 2021
އެމްޑީޕީ ތެރޭގައި އުފެދިފައިވާ ނުތަނަސްކަން ބޭރަށް އެންމެ ބޮޑަށް ފާޅުވީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެންނެވެ. އެ ހަމަލާއަށްފަހު ހަރުކަށި ފިކުރާ ދެކޮޅަށް އަދި މައްސަލަ ބެލުމުގައި ސަރުކާރުން އަދި ރައީސް ސޯލިހް އަމަލުކުރައްވާ ގޮތަށް އެމްޑީޕީގެ ތެރެއިން ގިނަ ފާޑުކިޔުން އަމާޒުވެއެވެ. އަދި ރައިސް ނަޝީދުވެސް ވަނީ ހަރުކަށި ފިކުރާދެކޮޅަށް ސަރުކާރުން އަމަލުކުރަމުން އަންނަ ގޮތާމެދު ހިތްހަމަ ނުޖެހި އެކަންވެސް ފާހަގަކުރައްވާފައެވެ.