Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

އަންހެނުން ކޮމިޓީގެ ބައިއިލެކްޝަން ވޯޓުލުން ކުރިއަށް

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އަންހެނުންގެ ތަރައްޤިއަސް މަސައްކަތް ކުރާ ކޮމިޓީތަކުގެ ތެރެއިން ބައި އިލެކްޝަން ބާއްވަންޖެހޭ ރަށްރަށުގެ ވޯޓުލުން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލުން މާލެއާއި ހދ.ނޮޅިވަރަމް، ނ.ކެނދިކުޅުދޫ، ނ.މަގޫދޫ، އއ.ފެރިދޫ އަދި ކ.ދިއްފުށީގައި މިއަދު 08:00 އިން ފެށިގެން 15:00ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

މި އިންތިހާބާ ގުޅޭގޮތުން އީސީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާލާއިރު، ހެނދުނު 10:00 އާ ހަމައަށް 75 އިންސައްތަ ވޯޓުލާ މަރުކަޒުގައި ވަނީ ވޯޓުލާން ފެށިފައެވެ.

ހެނދުނު 10:00 އާ ހަމައަށް ވޯޓުލާފައިވަނީ ވޯޓުލުމަށް ޝަރުތުހަމަވާ މީހުންގެ ތެރެއިން 3.46 އިންސައްތަ މީހުން ކަމަށްވެސް އީސީން މައުލޫމާތުދެއެވެ. މިއަދު ކުރިއަށްދާ އިންތިހާބުތަކުގައި ޖުމުލަ 4937 މީހަކަށް ވޯޓުލެވޭނެ ކަމަށް އީސީން މައުލޫމާތުދެއެވެ.