Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

މިނިވަން މުއައްސަސާތައް ޒިންމާ އަދާނުކުރާ މައްސަލަ މަޖިލީހުން ބަލަންޖެހޭ: ނިހާދު

މެމްބަރު މުހައްމަދު ނިހާދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިނިވަން މުއައްސަސާތައް އެ ފަރާތްތަކަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާ އަދާނުކުރާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ބަލަން ޖެހޭކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިނިވަން މުއައްސަސާތަކުން ޤާނޫނީ ޒިންމާ އަދާނުކުރާ މައްސަލަ ކަމާ ބެހޭ ކޮމިޓީތަކުން ބަލަންޖެހޭ ކަމަށެވެ.

މިނިވަން މުއައްސަސާތައް ޒިންމާދާރު ކުރުވަން ކުރަންޖެހޭ މަސައްކަތް ބާރު ސްޕީޑުގައި ޒިންމާދާރުކަމާ އެކު މަޖިލީހުގެ ކޮމިޓީތަކުން ކުރިއަށް ގެންދަންޖެހޭކަމަށްވެސް ނިހާދުގެ ޓްވީޓުގައިވެއެވެ.

މިނިވަން މުއައްސަސާތައް ޒިންމާދާރުކޮށް މިނިވަން މުއައްސަސާތަކުގެ ކަންކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި އެކަމަށް ހާއްސަ ކޮމިޓީއެއް އޮންނައިރު އެ ކޮމިޓީގެ މުގައްރިރަކީ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.