Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

ހިޔާ އެއްބަސްވުންތަކުގައި ސޮއި ކުރަން އަލުން ފަށައިފި

ހިޔާ މަޝްރޫއުގެ ފްލެޓުތައް: ފޮޓޯ / ވަން

ހިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.

އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް މެދުކަނޑާލީ އެ މަސައްކަތުގައި އުޅުނު އެޗްޑީސީގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން މިދިޔަ ބުދަ ދުވަހުއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މިއަދު ހެނދުނު 9:30 ގައި ސޮއި ކުރުމުގެ ކަންކަން ފަށާފައިވާއިރު، އެޗްޑީސީން ވަނީ ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނެ ގޮތުގެ ތާވަލެއްވެސް އާންމުކޮށްފައެވެ. އަދި އެ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ވަގުތުގައި އައުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

އެޗްޑީސީން ވަނީ މިމަހުގެ 18 ވަނަ ދުވަހާ ހަމަޔަށް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.