Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

ކުޅުދުއްފުށީ އެއާޕޯޓް މައްސަލައިގައި ޔާސިރުގެ ނުރުހުން ސަރުކާރަށް

ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް --

ކުޅުދުއްފުށިސިޓީ އެއާޕޯޓް މައްސަލައިގައި ސަރުކާރުން އަމަލުކުރާގޮތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރް އަބްދުއްލަތީފް ނުރުހުން ފާޅުކުރައްވައިފިއެވެ.

ޔާސިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނުފުއްދާ އޮތް ވައުދު މި ސަރުކާރުން ފުއްދި ކަމަށާއި، އެގޮތުން ތާރުގަނޑަކުން އޮޕަރޭޝަނަލް އެއާާޕޯޓަކަށް 10 މަސް ތެރޭގައި ކުޅުދުއްފުށި އެއާޕޯޓް މި ސަރުކާރުން ބަދަލުކުރި ކަމަށެވެ.

އެހެންނަމަވެސް އިތުރަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ނުކުރެވި 3 އަހަރު ވާން ދިޔުމަކީ ބަލައި ގަނެވޭނެ ކަމެއްނޫން ކަމަށްވެސް ޔާސިރު ވިދާޅުވިއެވެ.

"ކުޅުދުއްފުށި ރައްޔިތުން އަބަދުވެސް ވޯޓު ދޭނީ ތަރައްޤީއަށް" ޔާސިރްގެ ޓްވީޓްގައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިފަހުން ވަނީ ކުޅުދުއްފުށިސިޓީއަށް ޒިޔާރާތްވެސް ކުރައްވާފައެވެ. އެގޮތުން އެ ދަތުރުފުޅުގައި ކުޅުދުއްފުށީ ތަރައްޤީގެ މަސައްކަތްތަކާއި، މަގުހެދުމާއި، ސިއްހީ ދާއިރާ އަދި ބޯހިޔާވަހިކަމުގެ ދާއިރާއާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.