Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު އެމްޑީޕީ

އެމްޑީޕީގެ ލީޑާޝިޕް "ކަތީބުން" ތަކަކަށް ބަދަލުވެއްޖެ: ރީކޯ މޫސަ

ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ – ފޮޓޯ: މަޖިލިސް

އެމްޑީޕީގެ އުފެއްދުންތެރިން ނިކުމެ ޕާޓީ ސަލާމަތް ކުރަން ޖެހިފައިވާކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކް (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ ކުރެއްވި ޓްވީޓެއްގައި ހިއްސާކޮށްފައިވާ ލިޔުމުގައި ވިދާޅުވެފައިވަނީ ޤާނޫނުއަސާސީއަށް ސާދަވަރަކަށް އަހަރުވާއިރު މިނިވަންކަމަށް އަޑުއުފުލި އެންމެން ފިކުރެއް ކަމަށްބުނެ އުފެއްދި އެމްޑީޕީ، ޕާޓީއެއްގެ ސިފަޔާއި ޑިމޮކްރަސީގެ ހަމަތަކާއި ދުރައްގޮސްފައިވާ ކަމަށެވެ. އަދި އެމްޑީޕީ އަކީ ވަކި މީހަކު ވަށައިގެން އެނބުރޭ ވަކި މީހެއްގެ ފިކުރަކަށް ބަދަލުވެފައިވާކަމަށް މޫސަ ވިދާޅުވިއެވެ.

"އަމިއްލަ މީހާއަށް ސަނާކިޔާ ވަކި ބައެއްގެ ބާރުގައި ހިސޯރު ކުރެވިފައިވާ ޕާޓިއަކަށް އެމްޑީޕީ ބަދަލުވީ ވަރަކީ އަމިއްލަ ޕާޓީން ހޮވާފައިހުރި ރައީސުލްޖުމްހޫރިއްޔާ ވެސް ގަބޫލެއް ނުކުރޭ." މޫސަ ވިދާޅުވެފައިވެއެވެ.

މޫސަ ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕް ބަދަލުވެފައިވަނީ ކުރީގައި ތިބިކަހަލަ "ކަތީބުން" ތަކަކަށް ކަމަށެވެ.

މީގެއިތުރުން މޫސަ ވަނީ އެމްޑީޕީ ނެތި ދިއުމަކީ ގައުމަށްވެސް އޮތް ބިރެއްކަން ފާހަގަކޮށް އެމްޑީޕީގެ އުފެއްދުންތެރިން އާހިތްވަރާއެކު ތެދުވެ އެމްޑީޕީ ސަލާމަތް ކުރަން ޖެހިފައިވާކަމަށް ވިދާޅުވެފައެވެ.