Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

ބިއްލޫރިޖެހިގޭ ޕާކިންޒޯންގައި ހުރި ސައިކަލުތަކަކަށް ގެއްލުންދީފި

ބިއްލޫރިޖެހިގޭ ޕާކިންޒޯން--

މާލެސިޓީ ބިއްލޫރިޖެހިގޭ ޕާކިންޒޯންގައި ހުރި ސައިކަލުތަކަކަށް ގެއްލުން ދީފިއެވެ.

ފުލުހުން ބުނެފައިވަނީ ބިއްލޫރިޖެހިގޭ ޕާކިންޒޯންގައި ހުރި ސައިކަލްތަކަކަށް ގެއްލުންދީ، މަޑި ދަށުން ވައްކަން ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 06:47 ހާއިރު ކަމަށެވެ.

އެގޮތުން އެ ޕާކިންޒޯންގައި ހުރި 12 ސައިކަލަށް ގެއްލުން ދީފައިވާކަމަށާއި، އަދި މި މައްސަލަ އިތުރަށް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.

ބިއްލޫރިޖެހިގޭ ޕާކިންޒީން ހަދާފައިވަނީ، ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން ނީލޯފަރު ހިނގުމުގައި ވެހިކަލް ޕާކް ނުކުރެވޭގޮތަށް ހެދުމާ ގުޅިގެންނެވެ.