ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާން އަބްދުﷲގެ މައްސަލައިގައި ދައުލަތަށް ކޮށްދެވުނުހާވެސް ކަމަކީ އަޅާނުލުން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
މީގެ 7 އަހަރު ކުރިން 8 އޮގަސްޓް 2014 ގައި ރިލްވާން ގެއްލުވާލި މައްސަލައިގައި ވައްޑޭ ކުރި ޓްވީޓުގައި ވިދާޅުވެފައިވަނީ 7 އަހަރު ފުރުނުއިރު ރިލްވާނަށް ވީގޮތް ހޯދުމުގައި އާއިލާއިންނާއި ރައްޓެހިން ކުރި ބުރަ މަސައްކަތާއި ހިތްވަރު ފިޔަވައި ފެންނާން އޮތް އެހެން މާބޮޑު ކަމެއް ނެތް ކަމަށެވެ.
"ދައުލަތަށް ކޮށްދެވުންހާވެސް ކަމަކީ އަޅާނުލުން. ލަދުވެތިކަމުގެ އިންތިހާ." ވައްޑޭގެ ޓްވީޓްގައިވެއެވެ.
7 އަހަރު ފުރުނުއިރު އަޙުމަދު ރިޟްވާނަށް ވީގޮތް ހޯދުމުގައި ޢާއިލާއިންނާއި ރައްޓެހިން ކުރި ބުރަ މަސައްކަތާއި ހިތްވަރު ފިޔަވައި ފެންނާން އޮތް އެހެން މާބޮޑު ކަމެއް ނެތް. ދައުލަތަށް ކޮށްދެވުންހާވެސް ކަމަކީ އަޅާނުލުން. ލަދުވެތިކަމުގެ އިންތިހާ. #findmoyameeha
— Waddey (@waddey_) August 8, 2021
ރިލްވާން ގެއްލުވާލިތާ 7 އަހަރު ފުރިފައިވާއިރު އެ މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ ކޮމިޝަނެއްވެސް މި ސަރުކާރުން ވަނީ އުފައްދާފައެވެ. އެހެންނަމަވެސް އެ މައްސަލައިގައިވެސް ތަހުގީގު އެއްކޮށް އަދިވެސް ނިންމާލެވިފައި ނުވާތީ އެކަމުގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެ ކޮމިޝަނަށް އަދި ސަރުކާރަށް އަމާޒުވެފައެވެ.