Last Updated: June 17, 13:43
Tuesday, June 17, 2025
ޚަބަރު

މަރަދޫން ޕޮޒިޓިވްވި މީހަކާއި ބައްދަލުވި ހިތަދޫ ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މަރަދޫ މަސް ދޯންޏަކުން ކޮވިޑު-19 އަށް ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓު ކޮންޓެކްޓުވި ދެ މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހިތަދޫން ދެ މީހަކު ޕޮޒިޓިވްވެފައި މިވަނީ ފާއިތުވި ދެ ހަފްތާ ތެރޭގައި ހިތަދޫން އެއްވެސް މީހަކު ޕޮޒިޓިވް ނުވެ އަދި ހިތަދޫން ބަލި ޖެހުނު އެންމެން ބަލިން ރަނގަޅުވެފައިވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި ހިތަދޫން ބަލި ޖެހުނު ދެ މީހުން އިތުރު ބަޔަކު ބައްދަލުވެފައިވާ އިރު ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިވަގުތު އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މަރަދޫއިންނެވެ. މަރަދޫއިން އިއްޔެވެސް 2 މީހަކު ޕޮޒިޓިވްވެފައިވާ އިރު މަރަދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 28 އެވެ.

އައްޑޫގައި މިވަގުތު ކޮވިޑު އެކްޓިވް ކޭސްތައް ތިބީ މަރަދޫގެ އިތުރުން ފޭދޫ އަދި މަރަދޫފޭދޫގައެވެ. ފޭދޫގައި ކޮވިޑު ޖެހިފައިވާ 6 މީހުން ތިބި އިރު މަރަދޫފޭދޫގައި ބަލި ޖެހިފައި ހުރީ އެންމެ މީހެކެވެ.