ސިޔާސީ ކަންކަމުގައި ކުރިއަށްއޮތްތަނުގައި ފެނިދާނެކަމަށް ޕްރޮފެސަރ ޙަސަން އުގައިލް ވިދާޅުވެއްޖެއެވެ.
ރ.މީދޫ ޒުވާނުންގެ އުންމީދު ޖަމިއްޔާއިން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އުގައިލް ވަނީ ގައުމަށް ހިދުމަތްކުރުމުގައި ކުރިޔަށް އޮތް ތަނުގައި ސިޔާސީ މައިދާނުން ފެނުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުގައިލް ވަނީ ސިޔާސީ މަސައްކަތުގައި އުޅުއްވުމަށް ރާއްޖެ ވަޑައިގަންނަވާ ގޮތަށްވެސް ހަމަޖެހިފައެވެ.
އެގޮތުން މިހާރު އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި ޕްރޮފެސަރު އުގައިލް ވަނީ ރައްޔިތުން ބޭނުންވާނަމަ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.
ޕްރޮފެސަރ އުގައިލް މިފަހުން އަންނަނީ ވަރަށް ބޮޑަށް ރާއްޖޭގެ ސިޔާސީ ކަންކަމާއި، ހާއްސަކޮށް އިންޑިއާއިން އައްޑޫސިޓީގައި ކޮންސިއުލޭޓެއް ހުޅުވުމަށް ނިންމާފައިވާ މައްސަލައިގައި ނުރުހުން ފާޅުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އަދި 2023 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އުގައިލް މަސައްކަތްކުރައްވަމުން އަންނަކަމަށްވެސް އަޑުތައްވަނީ ފެތުރިފައެވެ.