Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ފުވައްމުލަކު ކޮވިޑް ހާލަތު ރަނގަޅުވުމުން ވެމްކޯ ހިދުމަތްތަކަށް ބަދަލުގެނެސްފި

ފުވައްމުލަކުސިޓީގެ ކޮވިޑް-19 ގެ ހާލަތު ރަނގަޅުވުމުން ވެމްކޯގެ ހިދުމަތްތަކަށް ބަދަލުގެނެސްފިއެވެ.

ވެމްކޯއިން ބުނެފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ފުވައްމުލަކުސިޓީ ގައި އިއުލާނުކުރެވުނު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، އެޗްޕީއޭގެ މޮނިޓަރިންގައިވާ ލިސްޓުން ނަގައި، އަދި އާންމު ހާލަަތަކަށް ގެނެވިފައިވާތީ، ވެމްކޯގެ ފުވައްމުލައް އޮޕަރޭޝަން ސެންޓަރުން ދެމުންގެންދާ ހިދުމަތްތަކަށް މިއަދުން ފެށިގެން ބަދަލުގެނެސްފައިވާކަމަށެވެ.

އެގޮތުން ވެމްކޯ ވޭސްޓް ސެންޓަރުން ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހާ ހަމައަށް ހެނދުނު 08:00 އިން 18:00 އަށް ހިދުމަތްދޭނެކަމަށާއި، އަދި ހުކުރު ދުވަހު ހެނދުނު 08:00 އިން މެންދުރު 11:00 އަށް އަދި މެންދުރު 14:00 އިން ފެށިގެން ރޭގަނޑު 18:00 އަށް ހިދުމަތްދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން ވިޔަފާރި/ ކޮމާޝަލް ހިދުމަތް، ކެޕްސް އަދި ކްޕްސް ލައިޓް ހިދުމަތް ހޮނިހިރު ދުވަހުން ފެށިގެން ބްރާސްފަތި ދުވަހަށް ހެނދުނު 08:00 އިން ހަވީރު 16:00 އަށް ލިބޭނެކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި އިދާރީ އޮފީހުގެ ހިދުމަތް އާދިއްތަ ދުވަހުން ބްރާސްފަތި ދުވަހަށް ހެނދުނު 08:00 އިން ހަވީރު 16:00 އަށް ލިބޭނެކަމަށްވެސް ބުނެފައިވެއެވެ.

ވެމްކޯއިން ބުނެފައިވަނީ އެ ފަރާތުން ފުވައްމުލައްސިޓީގެ ގޭބިސީތަކަށް ފޯރުކޮށްދެމުންދިޔަ ކުނި ނެގުމުގެ ހިދުމަތްތައް ކުރިޔެކޭވެސް އެއްފަދައިން ދެމުންގެންދާނެ ކަމަށެވެ.