Last Updated: April 28, 06:03
Sunday, April 28, 2024
ސިއްހަތު

ކައްޓަލަ: ކޮބާ ފައިދާއަކީ؟

ބިމުގެ އަޑިއަށް މޫލައިގެން ފައިބާ ސްވީޓް ޕޮޓޭޓޯ ނުވަތަ ކައްޓަލައަކީ ދިފާއީ ބާރު ގަދަކޮށްދޭ މެންގެނީސް، ވިޓަމިން އޭ، ވިޓަމިން ސީ އިން މުއްސަނދިވެފައިވާ ފަލަމަޑީގެ ބާވަތެކެވެ.

އަހަރެމެންގެ ހަޖަމު ކުރުމުގެ ނިޒާމަށް ވަރަށް ރަނގަޅު މި ބާވަތަކީ ދަގަނޑުގެ ބަޔާއި ފައިބަރުގެ ބައި ގިނަ އަދި މީހާގެ ހަކަތަ އިތުރުކޮށްދޭ އެއްޗެކެވެ.

ރާއްޖޭގައި ވެސް އާންމުކޮށް ހެއްދޭ، އަދި މީގެ ކުރިން ދިވެހިންގެ ކެއުމުގައި ކައްޓަލައަކީ ވަރަށް އާންމުކޮށް ބޭނުން ކުރި ބާވަތެކެވެ.

ހާއްސަކޮށް ފެނު ކައްކައިގެން، ގަރުދިޔަ އާއި ހުންޏާއި މިރުހާއި ފިޔާ ފަދަ ބާވަތްތަކާ ލައިގެން ކައްޓަލައަކީ ދިވެހިންގެ ތެރޭގައި ހަމަ އެއް ނަމްބަރުގެ ކެއުމެކެވެ.

މީގެ އިތުރުން ކައްޓަލައަކީ ތެލު ލައިިގެން ވެސް މީރު އެއްޗެކެވެ.