Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

އިންޑިއާ ކަނޑުގެ ސަލާމަތާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ސަރަހައްދުގެ ސަލާމަތާއި ގުޅޭގޮތުން މިދިޔަ އަހަރު ލަންކާގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން--

އިންޑިއާ ކަނޑުގެ ސަލާމާތާއި ރައްކާތެރިކަމާ ގުޅޭގޮތުން އިންޑިއާ، ސްރީލަންކާ އަދި ދިވެހިރާއްޖެއިން މަޝްވަރާކޮށްފިއެވެ. 

އިންޑިއާގެ "ދަ ހިންދޫ" ނޫހުން ރިޕޯޓްކޮށްފައިވާގޮތުގައި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުން ޗެއާކޮށްފައިވަނީ ސްރީލަންކާގެ ފަރާތުންނެވެ. މި ބައްދަލުވުމުގައި ސްރީލަންކާގެ ފަރާތުން ބައިވެރިވެފައިވަނީ އެގައުމުގެ ޗީފް އޮފް އާމީ ޖެނެރަލް ސިލްވާއެވެ. އިންޑިއާގެ ފަރާތުން އެގައުމުގެ ޑެޕިއުޓީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޕަންކަޖް ސަރަން މި ބައްދަލުވުމުގައި ބައިވެރިވިއިރު ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރސް އޮފީސްގެ ސެކްރެޓަރީ އައިޝަތް ނޫޝިން ވަހީދެވެ.

"ދަ ހިންދޫ"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި ތިން ގައުމުން ވަނީ މި ސަރަހައްދުގެ މެރިޓައިމް ސޭފްޓީ އަދި ސެކިއުރިޓީ، ޓެރަރިޒަމާއި ހައްދުފަހަނައެޅުމާއި، ޓްރެފިކިންގެ ކުންތަކާއި ރޭވި އިންތިޒާމުވެގެން ހިންގާ ކުށްތައް ހުއްޓުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި އެ ދާއިރާތަކުން ގުޅިގެން އިތުރަށް ކުރެވޭނެ މަސައްކަތްތަކާއި ގައުމުތައް ގުޅިގެން ހިންގޭނެ ތަމްރީންތަކާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށް ރިޕޯޓް ކޮށްފައިވެއެވެ.