Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މީޑިއާ ކައުންސިލަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެ ކައުންސިލްގެ މެމްބަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޔާމީން އިބްރާހިމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެމްއެމްސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ 13:30ގެ ކުރިން، މީޑިއާ ކައުންސިލަށް މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްއަށް ހުށަހެޅުއްވުން ވަނީ އެދިފައެވެ.

މީޑިއާ ކައުންސިލްގެ މެމްބަރެއްގެ ދައުރަކީ ދެ އަހަރެވެ.