މިއަހަރު ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ދިނުމަށް ނިންމައިފިއެވެ.
ރާއްޖެއަށް މިފުރުސަތު ދިނުމަށް ނިންމާފައިވަނީ މިއަދު ކުރިއަށް ދިޔަ ސާފްގެ މެމްބަރު ގައުމުތަކުގެ ބައްދަލުވުމުގައެވެ.
މިއީ ރާއްޖޭގައި މި މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބޭ ދެވަނަ ފަހަރެވެ. މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 1 ކުން 15 ގެ ނިޔަލަށެވެ.
އެންމެފަހުން ރާއްޖޭގައި މުބާރާތް ބޭއްވި 2008 ވަނަ އަހަރު ރާއްޖެއިން ވަނީ މުބާރާތުގެ ޗެމްޕިއަންކަންވެސް ނަގާފައެވެ. އަދި އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަންވެސް ރާއްޖެއިން ހޯދާފައިވެއެވެ.