ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ސިއްރުން ޑީލް ހައްދަވާނެ ބޭފުޅެއް ނޫންކަމަށް ޕީޕީއެމް ޕީއެންސީ ކޯލީޝަން ހިނިްގެވުމާ ހަވާލުވެވަޑައިގެން ހުންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީނާއި ރައީސް ނަޝީދު ސިއްރު ޑީލެއް ހައްދަވާފައިވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ވާހަކައަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން އަބްދުއްރަހީމް ވިދާޅުވެފައިވަނީ ރައީސް ޔާމީނަކީ ސިއްރުން ޑީލް ހައްދަވާނެ ބޭފުޅެއް ނޫންކަމަށެވެ.
އަދި ކުރީގެ ރައީސް މުހައްްމަދު ނަޝީދާއެކު ރައިސް ޔާމީން ހައްދަވާނެ ޑީލެއް ނޯންނާނެކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެއްގޮތަކަށް ސާބިތުވެ ހުންނެވި ހަމައެކަނި ލީޑަރީ ރައީސް ޔާމީން ކަމަށާއި، އަދި އެކަން ރައްޔިތުންނަށް ވަރަށް ސާފުވާނެކަމަށެވެ.
ރ.ޔާމީނަކީ އެއްވެސް ބޭފުޅަކާއެކު ސިއްރު ޑީލް ހައްދަވާނެ ބޭފުޅެއް ނޫން.ޢަމުދުން ރ.ނަޝީދާއެކު ރ.ޔާމީން ހައްދަވާނެ ޑީލެއް ނޯންނާނެ.ރާއްޖޭގެ ސިޔާސީ މައިދާނުގައި އެއްގޮތެއްގައި ސާބިތުވެ ހުންނެވި ހަމަ އެކަނީ ލީޑަރަކީ ރ.ޔާމީން.ރައްޔިތުންނަށް އެކަން ވަރަށް ސާފު #ރައީސްޔާމީންމިނިވަންކުރޭ pic.twitter.com/dOEjxAtLvC
— Abdul Raheem Abdulla (@Banafsaa) August 10, 2021
ރައިސް ޔާމީނާއި ރައީސް ނަޝީދާ ދެމުދު ސިއްރު ޑީލެއް ހަދާފައިވާކަމަށް އުމަރު ވިދާޅުވެފައިމިވަނި ސިޔާސީ ކަންކަމުގައި ރައިސް ޔާމީނާއެކު މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ނަޝިދު ފާޅުކުރައްވާފައިވަނިކޮށެވެ. އަދި ޕީޕީއެމް އެމްޑީޕީ ކޯލީޝަނަކީ މިވަގުތު ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތްކަމަށް ރައިސް ނަޝީދު ވިދާޅުވިއެވެ.