މައްސަލައިގައި އަވަހަށް ގޮތެއް ނިންމައިދޭން ސަސްޕެންޝަންގައި ހުރި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަނެއްވެސް އެދިވަޑައިގެންފިއެވެ.
މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ މައްސަލައިގައި ޕީޖީން 7 ދުވަސް ތެރޭގައި ދައުވާކުރުމަށް ނިންމި ކަމަށާއި، ކުރީގެ މެމްބަރު އަހުމަދު ނިހާންގެ މައްސަލައިގައި ވެސް 10 ދުވަސްތެރޭގައި ދައުވާ ކުރުމަށް ނިންމި ކަމަށެވެ.
އެހެންނަމަވެސް އޭނާގެ މައްސަލައިގައި 65 ދުވަސް ވެފައިވާއިރު އަދިވެސް ގޮތެއް ނުނިންމޭކަމަށާއި، ދައުވާ ކުރިޔަސް ނުކުރިޔަސް އަވަހަށް ގޮތެއް ނިންމައިދިނުމަށް މަހުލޫފް އެދިވަޑައިގެންފައިވެއެވެ.
ރައީސް ޔާމީން ގެ މައްސަލަ PG އޮފީހަށް ފޮނުވިތާ 7 ދުވަސް ތެރޭ ދައުވާ ކުރިއެވެ.
MP ނިހާން ގެ މައްސަލަ ފޮނުވިތާ 10 ތެރޭ ދައުވާ ކުރިއެވެ.
އަޅުގަނޑުގެ މައްސަލައަަށް 65 ދުވަސް ވީއިރު އަދިވެސް ވިދާޅުވަނީ ނިމޭޭނެއިރެއް ނޭގޭކަމަށް.
ދައުވާ ކުރިޔަސް ނުކުރިޔަސް ގޮތެއް ނިންމަވާށެވެ
— Ahmed Mahloof (@AhmedMahloof) August 10, 2021
މަހުލޫފްގެ މައްސަލައިގައި ދައުވާ ކުރުމާމެދު ޕީޖީއަށް އަދިވެސް ގޮތެއް ނިންމިފައިނުވާއިރު އެ މައްސަލައިގައި އޭސީސީން ބުނެފައިވަނީ އޭނާ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި 33,000.00 އެމެރިކާ ޑޮލަރު ގަބޫލުކުރިކަމަށެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުވާ ކުރުމަށް ފިނުވުމާއި ގުޅިގެން މަހުލޫފް ބުނެފައިވަނީ، އޭނާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ އޭނާއާ ދެކޮޅަށް އެމްޑީޕީގެ މަޖިލީހުގެ އިސް ބަޔަކު އަޑީގައި ތިބެގެން ބޮނޑިއެއް ދޭން ކުރިކަމެއްގެ ގޮތުގައެވެ.