Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

މަހުލޫފްގެ މައްސަލައިގައި ޕީޖީން އަވަހަށް ގޮތެއް ނިންމައިދޭން ރައީސް އެދިވަޑައިގެންފި

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަވަހަށް ގޮތެއް ނިންމަންޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ މަހުލޫފް މައްސަލައިގައި ގޮތެއް ނުނިންމު މައްސަލަ ޕީޖީ ގައި އޮންނަތާ ގިނަ ދުވަސް ވެއްޖެކަމަށެވެ. އަދި އެމައްސަލައިގައި އަވަހަށް ގޮތެއް ނިންމައިދިނުމަކީ އެމަނިކުފާނުގެ އެދުމެއް ކަމަށެވެ.

މި މައްސަލައިގައި ތަހުގީގުކުރިއަށް ދިޔައިރު ހުރި ކަންބޮޑުވުންތަކެއް ފާހަގަކޮށް މަހުލޫފް ސިޓީއެއް ފޮނުވާފައިވާކަމަށާއި، އެގޮތުން ލަންކާ މީހެއްގެ ބަޔާން ނެގިއިރު އެކަން ކޮށްފައިވަނީ ތަހުގީގަށް ބަޔާން ނަގަންވާ ގޮތަކަށް ނޫންކަމަށް މަހުލޫފް ބުނެފައިވާކަމަށެވެ. އަދި ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެކަން ބަލަމުން އަންނަކަމަށާއި، އެކަމުގައި ދެކޭގޮތެތް އެސެޓް ރިކަވަރީ ކޮމިޝަނަ ހިއްސާ ކުރައްވާނެކަމަށް ވިދާޅުވިއެެވެ.

ރައީސް ވިދާޅުވީ އެ މައްސަލައިގައި ދައުވާ ނުކުރާނަމަ އެކަންވެސް އަދި ދައުވާ ކުރާނަމަ އެކަންވެސް ޕީޖީން އަވަހަށް ނިންމަވަންޖެހޭކަމަށެވެ. އަދި ޕީޖީން އެކަމުގައި ގޮތެއް ނިންމާނީ ރަނގަޅަށް ބެއްލެވުމަށްފަހު ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މައްސަލައިގައި ގޮތެއް ނިންމުން ލަސްވެ އަވަހަށް ޕީޖީން ގޮތެއް ނިންމައިދިނުމަށް މަހުލޫފްވެސް އެދިވަޑައިގެންފައިވެއެވެ.

މަހުލޫފްގެ މައްސަލައިގައި ދައުވާ ކުރުމާމެދު ޕީޖީއަށް އަދިވެސް ގޮތެއް ނިންމިފައިނުވާއިރު އެ މައްސަލައިގައި އޭސީސީން ބުނެފައިވަނީ އޭނާ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި 33,000.00 އެމެރިކާ ޑޮލަރު ގަބޫލުކުރިކަމަށެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުވާ ކުރުމަށް ފިނުވުމާއި ގުޅިގެން މަހުލޫފް ބުނެފައިވަނީ، އޭނާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ އޭނާއާ ދެކޮޅަށް އެމްޑީޕީގެ މަޖިލީހުގެ އިސް ބަޔަކު އަޑީގައި ތިބެގެން ބޮނޑިއެއް ދޭން ކުރިކަމެއްގެ ގޮތުގައެވެ.