Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ: މެޓް

މޫސުން ގޯސް ދުވަހެއް - ފޮޓޯ: ޕޮލިސް

ހުޅަނގު މޫސުމާއެކު، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި މަހުގެ 13 ،14 އަދި 15 ވަނަ ދުވަހު ރާއްޖޭގެ ސަރަހައްދުތަކުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށާއި އަދި މި ދުވަސްތަކުގައި ބައެއް ސަރަހައްދުތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

އެގޮތުން އާންމު ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ މައުލޫމާތު ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދުވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.